Last Updated: January 15, 13:46
Wednesday, January 15, 2025
ރިޕޯޓް

އޫޑޫ އީއާރްޕީ: އޮފީސް، ކެފޭ، ރެސްޓޯރަންޓް ހިންގަން މާ ސަޅި ގޮތެއް!

ވިޔަފާރިތަކަށް ފަސޭހަ އަދި ޖީބަށް ލުއި އީއާރުޕީ ސޮފްޓްވެއާއެއް ކަމަށްވާ އޫޑޫ، ހޭޝް މޯލްޑިވިސް އިން ރާއްޖޭގެ މާކެޓަށް ތަޢާރަފްކޮށްފި އެވެ.

ޔޫރަޕްގެ ބެލްޖިއަމްގެ އުފެއްދުމެއް ކަމަށްވާ އޫޑޫއަކީ މިވަގުތު ރާއްޖޭގެ މާކެޓުން ލިބެންހުރި އީއާރްޕީތަކާއި ހިލާފަށް ޖީބަށް ވަރަށް ލުއި، އެއްތަނަކުން ވިޔަފާރީގެ ހުރިހާ ކަމެއް ފަސޭހަކަމާއެކު ބެލެހެއްޓޭނެ ސޮފްޓްވެއާއެއް ހޭޝް މޯލްޑިވްސް އިން މައުލޫމާތުދެ އެވެ. އެކުންފުނިން މައުލޫމާތުދޭ ގޮތުގައި މިސޮފްޓްވެއަރގެ އެންމެ ތަފާތު ކަމަކީ ކޮންމެ ވިޔަފާރިއަކަށްވެސް ބޭނުން ކޮށްލެވޭނެ ތަފާތު އެތައް މޮޑިއުލްތަކެއް އިތުރު ޗާޖަކާނުލައި އޫޑޫއާއެކު ލިބެން ހުރުމާއި ހަމައެކަނި އެވިޔަފާރިއަކަށް ބޭނުންވާ މޮޑިއުލްތައް ހިމަނައިގެން ސެޓަޕް ހަދާލެވުމެވެ.

އެގޮތުން އޫޑޫގެ އެއް މޮޑިއުލް ބޭނުންކުރާނަމަ މުޅިން ހިލޭ ބޭނުންކުރެވޭނެއެ ވެ. އަދި އެއް މޮޑިއުލަށްވުރެ ގިނައިން ބޭނުން ކުރާނަމަ ސްޓޭންޑަރޑް ނުވަތަ ކަސްޓަމް ޕްލޭންގެ ދަށުން ބޭނުންކުރެވޭނެ އެވެ. މި ޕްލޭންތަކަށް ޗާޖުކުރަނީ ބޭނުންކުރާ ކޮންމެ އެކައުންޓަކަށް ކަމަށާއި އިތުރު މޮޑިއުލެއް ބޭނުންކުރުމަށް ޗާޖު ނުކުރާ ކަމަށްވެސް ހޭޝް މޯލްޑިވްސްއިން މަޢުލޫމާތުދެ އެވެ. އަދި މިސޮފްޓްވެއަރ އަކީ ފޯނާއި ލެޕްޓޮޕްގެ ޒަރީއާއިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ބޭނުންކުރެވޭ ސޮފްޓްވެއަރ އެއްކަމަށް އެކުންފުނިން ބުނެ އެވެ.

ހޭޝްގެ މެނޭޖިންގ ޑިރެކްޓަރ ސަމާހް މުހައްމަދު ވިދާޅުވީ، އެކި ކަހަލަ ވިޔަފާރި އަދި އޮފީސްތަކަށް އޫޑޫ ސޮފްޓްވެއަރގެ ސަބަބުން ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި މިސޮފްޓްވެއަރގެ ސަބަބުން ވިޔަފާރީގެ ހިންގުމުގެ ހަރަދު ވަރަށް ބޮޑަށް ކުޑަކުރެވިގެން ދާނެ ކަމަށެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެއްތަނަކުން ފަސޭހަކަމާއިއެކު ލިބެން ހުރުމާއިއެކު ޖީއެސްޓީ އޮޑިޓް އަދި އިންކަމް ޓެކްސްއަށް ބޭނުންވާ ހުރިހައި ރިޕޯޓެއް އެންމެ ކްލިކަކުން ލިބޭނެ ކަމަށް ސަމާހު ވިދާޅުވި އެވެ.

އެގޮތުން، މާކެޓިންގއަށް ބޭނުންކުރާ ތަފާތު އެޕްލިކޭޝަންތަކުގެ އިތުރަށް، ވެބްސައިޓް އަދި އޮންލައިން ފިހާރަ އާއި އޮޕަރޭޝަންއަށް ބޭނުންވާ ހުރިހާ މޮޑިއުލްތަކާއި ޕްރޮޑަކްޓިވިޓީ، ހިއުމަންރިސޯސަސް، މެނުފެކްޗަރިނގް އަދި ފައިނޭންސްގެ ވަރަށް ގިނަ އެޕްލިކޭޝަންތަކެއް ހިމެނޭ ކަމަށާއި ބޭނުންވެއްޖެ ހާލަތެއްގައި ސޮފްޓްވެއަރއަށް އުނިއިތުރުވެސް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.

"ކެފޭ ރެސްޓޯރަންޓް، ފިހާރަތައް، ކުދި އަދި ބޮޑެތި ވިޔަފާރިތަކުގެ އިތުރުން ސަރުކާރު މުއައްސަސާތަކާއި ކައުންސިލްތައް އެއް ޕްލެޓްފޯމް އަކުން މެނޭޖް ކުރެވޭނެ. މި ސޮފްޓްވެއަރ ކޮމްޕިއުޓަރ، ޓެބްލެޓް އަދި މޯބައިލް ފޯނުންވެސް ބޭނުން ކޮށްލެވޭނެ. އަދި އެވިޔަފާރިއަކުން ބޭނުންވާ ކަސްޓަމައިޒޭޝަނެއް ވެސް ގެނެވޭނެ. ޖީއެސްޓީ އިންކަމް ޓެކްސް އަދި އޮޑިޓް އަށް ބޭނުންވާ ކޮންމެ ރިޕޯޓެއްވެސް އެއްކްލިކުން ޖެނެރޭޓް ކުރެވޭނެ. މިއީ ވިޔަފާރި ކުރަން މާ ސަޅި ގޮތެއް. އެއީ އިދާރީ އަދި އެހެނިހެން ލިޔެކިޔުމުގެ މަސައްކަތް 50 ވަރަކަށް ޕަސެންޓް ފަސޭހަވެގެން އެބަދޭ މިކަހަލަ ސޮލިއުޝަނެއް ގާއިމް ކުރެވުނީމަ. މިކަމުގެ ސަބަބުން ވިޔަފާރި ހިންގުމުގެ ހަރަދުވެސް ވަރަށް ބޮޑަށް އެބަ ކުޑަކުރެވޭ." ސަމާހު ވިދާޅުވި އެވެ.

ހޭޝް މޯލްޑިވްސް އަކީ އޫޑޫގެ ރާއްޖޭގެ އޮފިޝަލް ޕާޓްނަރެވެ. މި ސޮފްޓްވެއަރ އާއި އެކު މުވައްޒަފުން އަހުލުވެރިކުރުވުމުގެ މަސައްކަތް ވެސް ހޭޝް އިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ސޮފްޓްވެއަރއަށް ދިމާވާ އެކިއެކި މައްސަލަ ހައްލުކުރުމާއި ބޭނުންވާ ސަޕޯޓް ވެސް ހޭޝް އިން ފޯރުކޮށްދޭނެ އެވެ.

މި ސޮފްޓްވެއަރ އަކީ ދުނިޔޭގެ ނަން މަޝްހޫރޫ ބްރޭންޑްތަކުންވެސް ބޭނުންކުރާ ސޮފްޓްވެއަރއެކެވެ. އެގޮތުން މާސްޓަރކާޑް، ވޯލްޑް ހެލްތް އޯގަނައިޒޭޝަން، އައިބީއެމް، ކެސިއޯ ފަދަ ނަން މަޝްހޫރު ބައިނަލްއަގުވާމީ ކުންފުނިތަކުން ބޭނުންކުރަމުން އަންނަ މި ސޮފްޓްވެއަރއަށް ވަނީ ފޯބްސްއެޑްވައިޒަރ އިން 4.8 ސްޓާރ ރޭންކިންގ އެއް ދީފަ އެވެ.