މުޅިން އަލަށް ވަޒީފާގެ މާޙައުލަށް ނުކުންނަ ޒުވާނުންނަށް ހާއްސަކޮށްގެން ޔޫތު މިނިސްޓްރީން "ތައްޔާރުވަމާ" ގެ ނަމުގައި ވޯކްޝޮޕެއް ބާއްވަން ނިންމައިފި އެވެ.
ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށްޓަކައި ކުރިއަށް ގެންދާ މި ވޯކްޝޮޕް ހާއްސަކޮށްފައި ވަނީ އުމުރުން 16-35 އަހަރާ ދެމެދުގެ އުމުރުފުރާއަށެވެ.
މި މަހުގެ 20 ވަނަ ދުވަހުގެ ހެނދުނު 09:30 އިން ހަވީރު 4:00 އަށް ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދާ ވޯކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ވެސް ދޭނެ އެވެ. މީގައި ބައިވެރިވުމަށްޓަކައި، މިނިސްޓްރީން ޢާންމުކޮށްފައިވާ ކިޔުއާރް ކޯޑު ސްކޭން ކުރުމުން ރަޖިސްޓްރީ ކުރެވޭނެ އެވެ.