ރާއްޖޭގެ ހޮންޑާއިން (ޝީޝާ) ވިއްކާ ސައިކަލުތަކުން ހުރިހާ މޮޑެލްއަކުން ބޮޑެތި ޑިސްކައުންޓުތައް ލިބޭ "މެގަ ބޭޝް" ޕްރޮމޯޝަން ފަށައިފި އެވެ.
އިއްޔެ ފެށި މި ޕްރޮމޯޝަންގެ ދަށުން ރާއްޖޭގެ ހޮންޑާއިން މިހާރު ބާޒާރުގައި ވިއްކަމުންދާ ހުރިހާ މޮޑެލްއެއްގެ ސައިކަލުން ޑިސްކައުންޓް ލިބޭނެ ކަމަށް އެކުންފުނިން ބުނެ އެވެ. އަދި ބައެއް މޮޑެލްތަކުގެ ސައިކަލްތަކަށް ކަސްޓަމަރުންގެ މެދުގައި މިހާރު އެންމެ މަޤްބޫލް ޒީރޯ ފައިނޭންސް ޕެކޭޖުގެ ތެރެއިން ނެގޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.
މި ޙާއްސަ އިންސްޓޯލްމެންޓް ޕެކޭޖްތަކުގެ ދަށުން، 50 ޕަސެންޓް ޑައުން ޕޭމެންޓް ދައްކައިފި ނަމަ، ބާކީ މަސްތަކަށް އިތުރު ފައިނޭންސް ޗާޖެއް ނެތި ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ލިބެ އެވެ. މިގޮތުން މިފަހަރު 2 ޕެކޭޖެއް ވަނީ ތަޢާރަފްކޮށްފަ އެވެ. އެއީ 12 މަސް ދުވަހަށް ބަހާލައިގެން ފައިސާ ދެއްކޭ ޕެކޭޖަކާއި 6 މަސް ދުވަހަށް ބަހާލައިގެން ފައިސާ ދެއްކޭ ޕެކޭޖެކެވެ.
ހަ މަސް ދުވަހުގެ ޒީރޯ ފައިނޭންސް ޕެކޭޖް ލިބެނީ، އެއާބްލޭޑް 125 ސްޓޭންޑާޑް އެޑިޝަން ސައިކަލަށާއި، ލީޑް 125 މޮޑެލްގެ ސައިކަލަށެވެ. މި ޕެކޭޖުގައި ދެ މޮޑެލްއެއް ހިމެނުނަސް 12 މަސް ދުވަހަށް ބަހާލައިގެން ފައިސާ ދައްކާ ޕެކޭޖުގައި ހަ މޮޑެލްއެއްގެ ސައިކަލުގެ ނެގުމުގެ ފުރުސަތު ރާއްޖޭގެ ހޮންޑާއިން ދެއެވެ.
އެ މޮޑެލްތަކަކީ:
• ސްކޫޕީ ކްލަބް 12–2024
• ސްކޫޕީ ޕްރެސްޓީޖް–2024
• އެއަ ބްލޭޑް 125–ބްލެކް އެޑިޝަން
• އެއަ ބްލޭޑް 160-ސްޕެޝަލް އެޑިޝަން
• އެއަ ބްލޭޑް 160– ޓޭންޑާޑް އެޑިޝަން
• ވިޝަން 110
މި ހަ މޮޑެލްއަށް ވެސް 50 ޕަސެންޓް ޑައުން ޕޭމެންޓް ދައްކައިފިނަމަ، ކުރިއަށް އޮތް 12 މަސް ދުވަހަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު މި ޕްރޮމޯޝަންގެ ދަށުން ލިބެ އެވެ.
ދިވެހިންގެ މެދުގައި މަގުބޫލު ހޮންޑާ ބްރޭންޑްގެ ސައިކަލްތައް ވިއްކަން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހޮންޑާ މޯލްޑިވްސްގެ އައުޓްލެޓްތައް ހިންގަ އެވެ. އޭގެ ތެރޭގައި މާލެ، ހުޅުމާލެ، އައްޑޫ، ފުވައްމުލައް، ލ. ގަން، ގއ. ވިލިނގިލި އަދި ކުޅުދުއްފުށި ހިމެނެ އެވެ.