Last Updated: November 25, 20:21
Monday, November 25, 2024
ޚަބަރު

ކޯޓަށް ހާޒިރު ކުރަން ދުވަސްވީ މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ދުވަސްވީ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ހޯދަނީ މާލެ، ހ. އާޝިޔާނާ، ޢަލީ މޫސާ، 64، އެވެ.

އޭނަ ހޯދަން ފުލުހުން އިއުލާން ކުރީ ރަހުނު ނުހިމެނޭ ފައިސާގެ ޙުކުމް ތަންފީޒު މައްސަލައާ=ަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މާދަމާ ހެނދުނު 09:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އެހެންވެ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.