ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ކުރެހުމުގެ މުބާރާތަކަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހުޅުވާލައިފި އެވެ.
ސާދަ އަހަރުން މައްޗަށް ހާއްސަ މި މުބާރާތުގެ މަގުސަދަކީ މަޖިލީހާއި މަޖިލީހުގެ މަސައްކަތްތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި ޑިމޮކްރަސީގެ އުސޫލުތަކާ ހަމަތަކަށް ހޭލުންތެރިކަން އިތުރުކުރުވުން ކަމަށް މަޖިލީހުންގެ އިދާރާ އިން ބުންޏެވެ.
މުބާރާތުގެ ތީމަކީ "އަހަރުމެންގެ މަޖިލިސް: އަހަރުމެންގެ އުންމީދު" އެވެ.
މުބާރާތް ހާއްސަކޮށްފައި ވަނީ ތިން އުމުރުފުރައަކެވެ. އެއީ 14-18 އަހަރާ ދެމެދު، 18-35 އަހަރާ ދެމެދު އަދި 5 އަހަރުން މައްޗެވެ. މުބާރާތުގެ ކޮންމެ އުމުރުފުރައަކުން ގަދަ ތިނެއް ހޮވައި ފައިސާގެ އިނާމާއި ސެޓްފިކެޓް ދޭނެ އެވެ. އެއްވަނަ އަށް ހުށަހަޅާފައި ވަނީ 5،000ރ. އެވެ.
މުބާރާތަށް ކުރެހުންތައް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ މަހުގެ 15 ގެ މެންދުރު ފަހު 2:00 އެވެ.
ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ސެޕްޓެމްބަރު 15 އެވެ.