Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ވީއައިއޭ އަށް އިތުރު ސެކިއުރިޓީ ޗެކްޕޯސްޓެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ސެކިއުރިޓީ ވަރުގަދަކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ޗެކްޕޯސްޓެއް ގާއިމްކޮށްފި އެވެ.

އެ ޗެކްޕޯސްޓް އިއްޔެ ހުޅުވައި ދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.

އޭނަ ވިދާޅުވީ އެއާޕޯޓަކީ ސަލާމަތާއި ރައްކާތެރިކަމާ އެކު ފަސިންޖަރުން ފުރައި ލަފާ ތަނެއް ކަމަށާއި އާ ޗެކްޕޯސްޓަކީ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި އެޅި އާ ފިޔަވަޅެއް ކަމަށެވެ.
ޝަރީފް ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމަކީ ކަސްޓަމްސްގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމަށާއި އަދި ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެއްޗާއި އެތެރެކުރުން މަނާ އެހެނިހެން ތަކެތި ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޒިންމާއެއް ކަމަށާއި ގާއިމުކުރި ޗެކްޕޯސްޓާ އެކު ކަސްޓަމްސްގެ އެ މަސައްކަތްތަކަށް ވެސް އިތުރު އެހީއަކަށް ވާނެ ކަމަށެވެ.

އާ ސެކިއުރިޓީ ޗެކްޕޯސްޓަކީ އެންމެ ފަހުގެ ޒަމާނީ އާލާތްތަކާއި ވަސީލަތްތަކާ އެކު ގާއިމުކޮށްފައިވާ ތަނެކެވެ.