Last Updated: September 8, 06:17
Sunday, September 8, 2024
ދުނިޔެ

އާނަންތާއި ރާދިކާގެ ކައިވެނީގެ ހަފުލާއެއް ލަންޑަންގައި

މިދިޔަ ހުކުރު ދުވަހު ކައިވެނި ކުރި އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އާނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓްގެ ކައިވެންޏާ ގުޅޭ އިތުރު ހަފުލާތަކެއް ގައުމުން ބޭރުގައި ބާއްވަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ މިހާރު ތައްޔާރުވަމުން އަންނަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ހާއްސަ ހަފުލާއެއް ބާއްވަން ކަމަށެވެ. އަދި އެ ހަފުލާގައި އެ ގައުމުގެ ނުފޫޒު ގަދަ އެތައް ބަޔަކު ބައިވެރިވާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ހަތް މަހަށް ދެމިގެން ދިޔަ އާނަންތު، 29، އާއި ރާދިކާ، 29، ކައިވެނީގެ ހަފުލާތައް އިންޑިއާގައި ނިންމައިލީ އިއްޔެ އެވެ. މި ކައިވެންޏާ ގުޅޭ އެތައް ހަފުލާއެއް ބާއްވާފައިވާ އިރު، 600 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. އެހެންވެ އާނަންތު އާއި ރާދިކާގެ ކައިވެނި ސިފަކޮށްފައި ވަނީ އިންޑިއާގެ "އެންމެ ބޮޑު" ކައިވެނީގެ ގޮތުގަ އެވެ.

މި ކައިވެނީގެ އެކިއެކި ހަފުލާތަކުގައި އިންޑިއާ އާއި ބޭރު ގައުމުތަކުގެ މަޝްހޫރު އެތައް ބަޔަކު ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ފިލްމީ ތަރިންނާއި ލަވަކިޔުންތެރިންނާއި ސިޔާސީ ލީޑަރުންނާއި ކުޅިވަރު ޝަހުސިއްޔަތުންނާއި ވިޔަފާވެރިން ހިމެނެ އެވެ.

އާނަންތު އަކީ އަމްބާނީގެ ތިން ކުދިންގެ ތެރެއިން ހަގު ދަރިފުޅެކެވެ. އަމްބާނީގެ މިލްކިއްޔާތު 116 ބިލިއަން ޑޮލަރަށް އަރަ އެވެ.