Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

އޭޑީބީން ކަސްޓަމްސް އަށް 25 މިލިއަން ޑޮލަރު ދެނީ

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީ) އިން ކަސްޓަމްސް އަށް 25 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމާފައިވާ ކަމަށް ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި އޭނަ ވިދާޅުވީ އެ އެހީ އަކީ ކަސްޓަމްސްގެ މަސައްކަތްތައް ކޮމްޕިއުޓަރައިޒްކޮށް، ޑިޖިޓަލައިޒް ކުރުމުގެ އިތުރުން އައިޓީ އިންފްރާސްޓްރަޗްކަ ޤާއިމުކުރުމަށް ދޭ އެހީއެއް ކަމަށެވެ.

އެ ގްރާންޓް އެހީ އަންނަ އަހަރު ނިމުމުގެ ކުރިން ހަމަޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މާނިއު ވިދާޅުވި އެވެ.

"އަންނަ އަހަރު ނިމުމުގެ ކުރިން އޭޑީބީން އެ ފައިސާ ދެއްވާނެ. ދައުލަތުން ޚަރަދުނުކޮށް އައިޓީ އިންފްރާސްޓްރަޗްކަރ ޤާއިމުކޮށް، ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ފުރުސަތު މިވަނީ ފަހިވެގެން ގޮސްފައި،" އޭނަ ވިދާޅުވި އެވެ.

މާނިއު ވިދާޅުވީ ގްރާންޓެއްގެ ގޮތުގައި 100 މީހުން ހިލޭ ތަމްރީނު ކުރުމުގެ ޖާގަ އިންޑިއާ އިން މިއަހަރު ފޯރުކޮށް ދޭން ހަމަޖެހިފައިވާ ކަމަށެވެ. އަދި ހުރިހާ ޚަރަދެއް ކުރާނީ އެ ޤައުމުގެ ސަރުކާރުން ކަމަށާއި އެއީ 6 މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.