Last Updated: September 8, 03:07
Sunday, September 8, 2024
ޚަބަރު

ސްޓެލްކޯ އިން "ނޮލެޖް ހަބް" އިފުތިތާހުކޮށްފި

"ނޮލެޖް ހަބް"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ސްޓެލްކޯ އިން އިފުތިތާހްކޮށްފި އެވެ.

އިއްޔެ އެ ޕްރޮގްރާމް އިފްތިތާހުކޮށް ދެއްވީ ކުިންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ އެވެ.

"ނޮލެޖް ހަބް" ގެ ބޭނުމަކީ އީޖާދީ ވިސްނުމާ އެކީ ޚިދުމަތުގެ އެންމެ މަތި ގިންތިއަށް ވާސިލްވުމުގެ އަމާޒުގައި އަދި މުވައްޒަފުންގެ މެދުގައި ނަފްސު ތަރައްޤީ ކުރުމުގެ ރޫހު އާލާކޮށް ބަދަހިކަމާ އެކު ގުޅިގެން ކުރިއެރުމުގެ ފިކުރު އަށަގެންނެނެވުމެވެ.

އެ ޕްރޮގްރާމާ ގުޅޭ ގޮތުން ހުސައިން ފަހުމީ ވިދާޅުވީ މިއީ މިކުންފުނީގެ މުސްތަގުބަލާ ދޭތެރޭ ވިސްނާ ފިކުރުކޮށް ކުރިމަގު ރާވައިލާ ޕްލެޓްފޯމަކަށް ވުމަކީ ވަރަށް އުންމީދު ކުރެވޭ ކަމެއް ކަމަށެވެ.