Last Updated: September 8, 06:39
Sunday, September 8, 2024
ދުނިޔެ

ދޮންކެޔޮ ޝިޕްމަންޓެއްގައި 6 ޓަނުގެ ކޮކެއިން

އިކްއެޑޯ އިން ޖަރުމަނަށް ބޭރުކުރަން އުޅުނު ދޮންކެޔޮ ޝިޕްމަންޓަކުން ހަ ޓަނު ކޮކެއިން ފެނުމާ ގުޅިގެން އެ ހިފަހައްޓައި އެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ދޮންކެޔޮ ޝިޕްމަންޓުގެ ތެރޭގައި ފޮރުވާފައި ހުރި ކޮކެއިންގެ ޖުމްލަ އަދަދު 6.23 ޓަނަށް އަރާ ކަމަށާއި އޭގެ މަގުމަތީގެ އަގަކީ 224 މިލިއަން ޑޮލަރު ކަމަށެވެ. ދޮންކެޔޮ ޝިޕްމަންޓްގެ ތެރޭގައި ކޮކެއިން ފޮރުވާފައި ހުރީ ޕާރުސަލްތަކޮށްފަ އެވެ. އެގޮތުން ކޮކެއިން ހުރި 5،630 ޕާރުސަލް ފެނިފައިވެ އެވެ.

ދޮންކެޔޮ ޝިޕްމަންޓްގައި އެ ތަކެތި ހުރިކަން ދެނެގަނެވުނީ ރޫޓިން އިންސްޕެކްޝަންގެ ތެރޭގައި ކުއްތާގެ އެހީގަ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން އެކަކީ ދޮންކެޔޮ އެކްސްޕޯޓްކުރާ ކުންފުންޏާ ގުޅުން ހުރި މީހެއް ކަމަށެވެ.

މި މައްސަލަ އިކްއެޑޯ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.