Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

ތަމްރީނަކަށް އިމާމުންތަކެއް ބުރޫނާއީ އަށް ފުރައިފި

ރާއްޖޭގެ އިމާމުންނާއި ހަތީބުންނަށް ރާއްޖެއިން ބޭރުން ތަމްރީނު ދޭން މި ސަރުކާރުން ފެށި ޕްރޮގްރާމްގެ ތެރެއިން އިތުރު އިމާމުންތަކެއް ބުރޫނާއީ އަށް ރޭ ފުރައިފި އެވެ.

ތަމްރީނަކަށް ބުރޫނާއީ އަށް ރޭ ފުރާފައި ވަނީ 20 އިމާމުންނެވެ. މިއީ ރާއްޖެއިން ބޭރަށް މިއަހަރު އިމާމުން ފޮނުވާ އިމާމުންގެ ތިންވަނަ ބެޗެވެ.

މި އަހަރުގެ މިހާތަނަށް ތަމްރީނަކަށް 60 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ތަމްރީނަކަށް އިމާމުންތަކެއް ބުރޫނާއި އަށް ފުރާފައިވާއިރު، މި އަހަރުގެ ތެރޭގައި އިތުރު އިމާމުންނާއި ޚަތީބުން އިންޑޮނޭޝިޔާއާއި މެލޭޝިޔާއާއި ކުވައިތަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.