Last Updated: October 18, 09:44
Friday, October 18, 2024
ޚަބަރު

މި މަހުގެ މިހާތަނަށް 76،000 ޓޫރިސްޓުން

މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 76،000 އަށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ 15 ގެ ނިޔަލަށް 76،837 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މިއާއެކު އަހަަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 1،092،366 އަށް އަރާފަ އެވެ.

އެވަރެޖްކޮށް ރާއްޖޭގައި މިހާރު ފަތުރުވެރިން ހަފްތާއެއްގެ މުއްދަތަށް މަޑުކުރާއިރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރަނީ 5،545 ފަތުރުވެރިންނެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމަށް ބަލާ އިރު، އެއް ވަނައިގައި އޮތީ ޗައިނާ އެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 136،728 އަށް އަރަ އެވެ. ދެވަނައިގައި ރަޝިއާ އޮތީ 114،981 ޓޫރިސްޓުންނާ އެކީގަ އެވެ. އިނގިރޭސިވިލާތް ތިން ވަނައިގައި އޮތީ 98،775 ޓޫރިސްޓުންނާ އެކީގަ އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.