Last Updated: September 8, 06:39
Sunday, September 8, 2024
ދުނިޔެ

ފްްރާންސްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

ދާދ ފަހުން ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ރައީސް އެމަނުއެލް މެކްރޯންގެ ކޯލިޝަނަށް މެޖޯރިޓީ ގެއްލިފައި ވަނިކޮށް އެ ގައުމުގެ ބޮޑުވަޒީރު ގެބްރިއަލް އަޓަލް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނަގެ އިސްތިއުފާ ރައީސް ގަބޫލު ކުރެއްވީ އިސްތިއުފާގެ ސިޓީ ހުށަހެޅުއްވިތާ 8 ދުވަސް ފަހުންނެވެ. އަދި އަޓަލްގެ އިސްތިއުފާ ގަބޫލު ކުރެއްވުމަށް ފަހު، މެކްރޯން ވަނީ އާ ސަރުކާރުގެ ކެބިނެޓް އެކުލަވާލަވެންދެން މަގާމުގައި މަޑުކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ނަމަވެސް ދެން ބޮޑުވަޒީރަކަށް އައްޔަން ކުރައްވާނެ ބޭފުޅަކާ މެދު މިހާތަނަށް އަދި އޮތީ ގޮތެއް ނުނިންމި އެވެ.

ފްރާންސްގެ ގާނޫނުއަސާސީގައިވާ ގޮތުން ބޮޑުވަޒީރަކު އައްޔަންކުރުމަކީ ރައީސަށް ލިބިވަޑައިގަންނަވާ ބާރެކެވެ. ނަމަވެސް މަގާމުގައި ހުންނެވި ބޭފުޅަކި އިސްތިއުފާ ދެއްވައިފި ހާލަތެއްގައި ބޮޑުވަޒީރަކު އަލުން އައްޔަން ކުރަން ޖެހޭ ވަކި މުއްދަތެއް ބަޔާންކޮށްފައެއް ނުވެ އެވެ.

ފްރާންސްގެ ބޮޑުވަޒީރަކަށް ރެނައިސަންސް ޕާޓީ އަށް ނިސްބަތްވާ އަޓަލް އައްޔަންކުރީ 46 އައްޔަންކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ 9 ގަ އެވެ.