Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ހާފިޒުންގެ ގައުން ޑިޒައިން ކުރަން ހުޅުވާލަނީ

ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޒުން ދަސްވެނިވާ އިރު ލާ ގައުން ޑިޒައިން ކުރާނެ ބަޔަކު ހޯދަން އަންނަ އަންނަ ހަފުތާގައި އިއުލާން ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެ ގައުން ވާނީ އިސްލާމީ ސަޤާފަތާއި ޢިލްމާއި ހަޟާރަތުގެ ރަމްޒުކޮށްދޭނެ އެއްޗަކަށް ކަމަށެވެ.

ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ލާނެ ގައުން ޑިޒައިން ކުރަން ނިންމި އިރު، ހާފިޒުންނަށް ކޮންމެ އަހަރަކު ރައީސް ދެއްވާ ހާއްސަ އެވޯޑެއްގެ ގޮތުގައި "ރަން ތާޖު" ހަފުލާކި ގައުމީ ފެންވަރުގައި ވަކި ހަފުލާއެއްގެ ގޮތުގައި ބާއްވަން ނިންމިކަން ސަރުކާރުން ރޭ ވަނީ އިއުލާންކޮށްފަ އެވެ. އެކަން އިއުލާންކުރީ 36 ވަނަ ގައުމީ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގަ އެވެ.

އަދި ހާފިޒުންނަށް ދޭ އެލަވަންސް ވެސް ދެގުނަ ބޮޑުކުރަން ވަނީ ނިންމައިފަ އެވެ.