މިސްކިތްތަކުގައި ޤާރީ ކްލާސްތައް ހިންގުމުގެ ހުއްދަ މި ހަފުތާގެ ތެރޭގައި ދޭން ފަށަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މިސްކިތްތަކުގައި ދެ ނަމާދު ދޭތެރޭގައި ޤާރީ ކްލާސް ހިންގުމަށް ހުއްދަ ދޭނެ ކަމަށެވެ.
އެ ގޮތުން އެ ކްލާސްތަކުގައި އިމާމުންނާއި ޤުރުއާން މުދައްރިސުންނަށް ހިލޭ ސާބަހަށް ޤުރުއާން އުނގަންނައި ދެވޭނެ އެވެ.
އެހެންވެ އެކަމަށް މި ހަފުތާގައި ހުޅުވައިލާނެ ކަމަށް ވެސް ޝަހީމު ވިދާޅުވި އެވެ.