Last Updated: September 8, 06:17
Sunday, September 8, 2024
ދުނިޔެ

"ކުޅިވެގެން" ދަރިވަރުންތަކެއް އެޑްމިޓްކޮށްފި

ޖަޕާނުގައި ވިއްކާ ކުޅި ޕޮޓޯޓޭ ކްރިސްޕެއް ކައިގެން 14 ދަރިވަރެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ ހައި ސްކޫލްގެ ދަރިވަރުންތަކެއްގެ ހާލު ދެރަވީ އުމުރުން 18 އަހަރުން މައްޗަށް ހާއްސަކޮށްގެން އުފައްދާ ވަރަށް ކުޅި ޕޮޓޭޓޯ ކްރިސްޕެއް ކަމަށްވާ "އާރް 18 ޕްލަސް ކަރީ ޗިޕްސް" ކައިގެން ކަމަށެވެ. އެ ކައިގެން މޭނުބައިކުރުމުގެ އިތުރަށް އަނގައިގެ ކައިރި ރިއްސަން ފެށުމުމާ ގުޅިގެން އިއްޔެ އިން ފެށިގެން ފަރުވާ ދެމުން އަންނަނީ 13 އަންހެން ދަރިވަރަކާއި ފިރިހެން ދަރިވަރަކަށެވެ.

މިކަމާ ގުޅިގެން އެ ސްނެކްސް އުފައްދާ ކުންފުނި އިސަޔޯމާ ކޯޕަރޭޝަނުން މައާފަށް އެދި، ދަރިވަރުންނަށް އަވަސް ޝިފާއަކަށް އެދިފައިފައިވެ އެވެ.

ދަރިވަރުންތަކެއް ކެއި "އާރް 18 ޕްލަސް ކަރީ ޗިޕްސް" އަކީ ވަރަށް ކުޅިގަދަ އެއްޗަކަށް ވާނެ ކަމަށާއި އެހެންވެ ކާން ވާނީ އާދަހިލާފު ކުޅި އެއްޗިއްސަށް ލޯބިކުރާ މީހުން ކަމަށް ބުނެ ކުންފުނީގެ ވެބްސައިޓްގައި އިރުޝާދުތަކެއް ވެސް ދީފައިވެ އެވެެ.

ދާދި ފަހުން ޑެންމާކް ވަނީ ދެކުނު ކޮރެއާގައި އުފައްދާ ކުޅި ނޫޑްލްސްއެއް އެ ގައުމުގައި މަނާކޮށްފަ އެވެ. އެއީ އެ މާ ކުޅިގަދަ ކަމަށް ބުނެ އެވެ. ޑެންމާކުން މަނާކުރީ ސެމްޔަންގު ކުންފުނީގެ "ބުލްޑަކް" ބްރޭންޑްގެ ނޫޑްސްގެ ތިން ރަހައެކެވެ. އެއީ ބުލްޑަކް ތުރީޓައިމްސް ސްޕައިސީ އެންޑް ހޮޓް ޗިކެން އާއި ޓޫޓައިމްސް ސްޕައިސީ އެންޑް ހޮޓް ޗިކެންގެ އިތުރުން ހޮޓް ޗިކެން ސްޓޫ އެވެ.