Last Updated: October 18, 05:52
Friday, October 18, 2024
ޚަބަރު

އެމްޓީސީސީގެ ހިއްސާއަކަށް 3ރ. ބަހަން ފާސްކޮށްފި

އެމްޓީސީސީގެ ހިއްސާއަކަށް 3ރ. ބަހަން ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރީ ރޭ އުމަރު ޒާހިރު ބިލްޑިންގުގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ.

އެ ޖަލްސާގައި ހިއްސާއަކަށް 3ރ. ބަހަން ފާސްކޮށްފަ އިވަނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.6 ޕަސެންޓް ވޯޓުންނެވެ.

އެ ޖަލްސާގައި ވަނީ މިދިޔަ އަހަރުގެ ޔައުމިއްޔާ ފާސްކޮށް، ކުރިއަށް އޮތް އަހަރަށް ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ޑެލޮއިޓް ޕާޓްނާސް ވެސް ހަމަޖައްސައިފަ އެވެ. އެކަމަށް ކުންފުނިން ހުށައަޅާފައި ވަނީ 498،960ރ. އެވެ.

އަދި އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުންނަށް ރޭ ހޮވާފައި ވަނީ ނަސްރަތު މުހައްމަދާއި މުހައްމަދު އިމްރާން އަދުނާނެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3ރ. ބަހަން ނިންމި އިރު. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ 2022 ގައި ލިބުނު އާމްދަނީއާ އަޅާ ބަލާއިރު 31 ޕަސެންޓް އިތުރުވުމެކެވެ.

މިދިޔަ އަހަރު އެމްޓީސީސީއަށް ހިއްސާއަކަށް ބެހީ 4ރ. އެވެ.