Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

ކާނާ ވިހަވުން: ހޮސްޕިޓަލްގައި މިހާރު 2 ކުދިން

އައްޑޫ ޕޮލިސް ކޮލެޖްގައި ރޭ ކާނާ ވިހަވި ދަރިވަރުންގެ ތެރެއިން ދެ ކުއްޖަކު ފިޔަވައި މިހާރު އެންމެން ދޫކޮށްލާފައިވާ ކަމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފި އެވެ.

ކާނާ ވިހަވެ، ހާލު ދެރަވެގެން ރޭ 32 ދަރިވަަރަކު އެޑްމިޓްކޮޑްކުރި އެވެ، އޭގެ އޭގެ ތެރެއިން ފަސް ކުއްޖަލަށް މިއަދު ހެނދުނާ ހަމައަށް ފަރުވާ ދެމުން ދިޔައީ އައިސީޔޫގަ އެވެ ނަ،މަވެސް މިހާރު ފަރުވާގައި ތިބީ ދެ ކުދިން ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ކާނާ ވިހަވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފުލުުހުން އަންނަނީ ހޮސްޕިޓަލާ ގުޅިގެން ކުރަމުން ކަމަށް ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު ޝިފާން ވިދާޅުވި އެވެ.

ޕޮލިސް ކޮލެޖްގައި ކޭޓަރިންގެ އިންތިޒާމު ހަމަޖައްސާފައި އޮންނަނީ އައުޓްސޯސްކޮށްގެން އަމިއްލަ ފަރާތަކާ ހަވާލުކޮށްގެންނެވެ. މިއީ އެތަނުގައި ކާނާ ވިހަވި ބޮޑު މައްސަލައެއް ހިނގި ފުރަތަމަ ފަހަރެވެ.

ނެޝަނަލް ކޮޮލެޖް އޮފް ޕޮލިސިން އެންޑް ލޯއެންފޯސްމަންޓްގެ ނަމުގައި އައްޑޫ ޕޮލިސް ކޮލެޖް ހުޅުވީ މާޗް 27، 2022 ގަ އެވެ.