ވިސާއާ ނުލައި ދިވެހިންނަށް ތައިލެންޑުގައި ދެ މަސް ދުވަހު މަޑުކުރެވޭ އިންތިޒާމު ހަމަޖެއްހިއްޖެ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ތައިލެންޑުގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، މި މި މަހުގެ 15 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުއި ފަސޭހަތަކެއް ތައިލެންޑް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އެ ގޮތުން ދެ ދެ ގައުމުގެ ދެމެދު ހަމަޖައްސާފައިވާ ވިސާ ޕޮލިސީ އަޕްޑޭޓުގައިވާ ގޮތުން ޗުއްޓީއަށާއި، ބޭސްފަރުވާ ނުވަތަ ވިޔަފާރީގެ ބޭނުންތަކަށް ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި 60 ދުވަހު ތައިލެންޑުގައި މަޑު ކުރެވޭ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ މުއްދަތު އިތުރުކުރަން ބޭނުންވެއްޖެ ނަމަ، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމުން އިތުރު 30 ދުވަހަށް ވިސާގެ މުއްދަތު އިތުރުކޮށް ދޭނެ ކަމަށެވެ.
ތައިލޭންޑަކީ މިހާރު ދިވެހިން ވަރަށް ގިނައިން ދަތުރުކުރާ ގައުމެކެވެ. ހާއްސަކޮށް ވިޔަފާރި އާއި ޗުއްޓީއަށެވެ.