Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

ހުއްދަ ނެތި ހިންގާ އޮންލައިން ކޯސްތައް ބަލައެއް ނުގަންނާނެ

މަތީ ތައުލީމުދޭ ބައެއް މަރުކަޒުތަކުން އީ-ލާނިން ހުއްދަ ނުހޯދައި އޮންލައިމން ކޯސްތައް އިޝްތިހާރުކޮށް ހިންގާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެކްރެޑިޓް ކޮށްފައިނުވާ ޕްރަގްރާމަކުން ހާސިލުކުރާ ސަނަދެއް ގަބޫލު ނުކުރާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފި އެވެ.

އެ ތަނުނން ނެރުނު ބަޔާނެއްގައި ބުނީޯ ކޮވިޑް-19 އާ ގުޅިގެން މަތީ ތައުލީ މުދޭ ހުރިހާ މަރުކަޒުތަކަކަށް އީ-ލާނިން ޑެލިވަރީ މޮޑިއުލްގައި ޕްރަގްރާމްތައް ހިންގުމަށް ދީފައިވާ ހުއްދަ ބާތިލުކޮށްފައިވާ ކަމަށެވެ.

އެހެންވެ މެއި 16، 2022 ގައި "ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު" އަދި "ގައިޑްލައިންސް ފޯ އީ-ލާނިން" ގެޒެޓްކޮށް ޝާއިއު ކުުރުމާއި ގުޅިގެން މަތީ ތައުލީމުދޭ ހުރިހާ މަރުކަޒަކުން އެ ގަވާއިދާ އެއްގޮތަށް ޕްރަގްރާމްތައް ހުށައަޅާ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އެމްކިއުއޭ އިން ބުންޏެވެ.

އެ ތަނުން ވަނީ ދަރިވަރުން، ކިޔަވަން ފެށުމުގެ ކުރީން އެއީ އެމްކިއުއޭ އިން ހުއްދަ ދީފައިވާ ޕްރަގްރާމެއްތޯ ބެލުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ބުނީ އެކްރެޑިޓްކޮށްފައިނުވާ ޕްރަގްރާމަކުން ހާސިލުކުރާ ސަނަދެއް ގަބޫލު ނުކުރާނެ ކަމަށް ބުންޏެވެ.

"އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް މަރުކަޒުތަކުން ޕްރޮގްރާމްތައް އިޝްތިހާރުކޮށް ހިންގާ ކަމަށް ވާ ނަމަ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދުގެ 30 ވަނަ ބާބުގެ ހ. ގެ ދަށުން އެ މަރުކަޒަކަށް ފިޔަވަޅު އަޅާނެ." އެމްކިއުއޭ އިން ބުންޏެވެ.