Last Updated: February 6, 21:45
Thursday, February 6, 2025

ފުލުސް އޮފީހަށް ހާޒިރުވާން އަބްދުﷲ ރިޔާޒަށް ޗިޓު ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރ އަދި ކުރީގެ ޕޮލިސް ކޮމިޝަނަރަ އަބްދުﷲ ރިޔާޒް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ޗިޓް ފޮނުވައިފި އެވެ.

ރިޔާޒް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިރޭ 9:00 އެއް ޖަހާއިރަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޗިޓު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ރިޔާޒަށް ޗިޓް ފޮނުވާފައިވާކަން ފުލުހުންގެ މީޑިޔާ އޮފިސަރު ޔަގީންކޮށްދެއްވި ނަމަވެސް އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ނިންމާފައިވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އަބްދުﷲ ރިޔާޒު ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާއިރު މިފަހަކަށް އައިސް އޭނާ ގެންދަވަނީ ފުލުސް އޮފީހުގެ މިހާރު ސިޔާސަތުތަކަށާއި އަމަލުކުރަމުންދާ ގޮތަށާއި އަދި ކޮމިޝަނަ އޮފް ޕޮލިސް ހުސައިން ވަހީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

CEOYLLsUUAAb-U5