ބޯޓުފަހަރު ބަނުމުގެ ހިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފި އެވެ.
ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ސީއީއޯ/މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާދު ވިދާޅުވީ އެމްޓީސީސީގެ ކުރީގެ މެނޭޖްމަންޓުން ކުންފުނީގެ އެކި މަސައްކަތްތައް ފުޅާކުރަން ވިސްނާފައިވާ ކަމަށާއި އެ ވިސްނުމާ އެއްގޮތަށް މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބޯޓްފަހަރު ބަނުމުގެ ހިދުމަތް އަންނަ އަހަރު ފަށާނެ ކަމަށް ވިދާޅުވި އެވެ.
"އުއްމީދު ކުރަނީ ދެން އަންނަ އޭޖީއެމްއެއް [އަހަރީ އާންމު ބައްދަލުވުން] އަންނަންވާ އިރަށް ބޯޓު ހަރު ބަންނަ ކުންފުންޏަކަށްވާނެ ކަމަށް،" ޒިޔާދު ވިދާޅުވި އެވެ.
އެމްޓީސީސީ އަކީ މިހާރު ވެސް ރާއްޖޭގައި ޑޮކިން ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ބޯޓްޔާޑް އޮތް ކުންފުންޏެވެ.ތިލަފުށީގައި އޮންނަ ބޯޓް ޔާޑުން އެއްފަހަރާ ތަފާތު ސައިޒްގެ 20 އުޅަނދު ޑޮކްކުރުމުގެ ޖާގަ ލިބެ އެވެ.