Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ގޯއްޗާއި ފްލެޓް ލިބުން ލަސްވާތީ މުޒާހަރާ އަށް

ކުރީގެ ސަރުކާރުން ހިންގި "ބިންވެރިޔާ" އާއި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ލިބުނު ގޯއްޗާއި ފްލެޓް ހަވާލުކުރުން ލަސްވާތީ މިރޭ މުޒާހަރާކުރަން ނިންމައިފި އެވެ.

އެ މުޒާހަރާ އޮންނާނީ މިރޭ 9:00 ގައި ހެންވޭރު ލޮނުޒިޔާރަތް ޕާކުގަ އެވެ.

މުޒާހަރާ އިންތިޒާމުކުރަނީ ފަހި ޔޫނިއަން އާއި ގިރާވަރު ސިޓިޒެންސް އެސޯސިއޭޝަންގެ އިތުރުން މާލެ ރަށްވެހިންގެ ޖަމިއްޔާ އިންނެވެ.

ފްލެޓާއި ގޯތި ލިބުން ލަސްވާތީ މުޒާހަރާކުރަން ނިންމި އިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކުރިއަށް ގެންދިޔަ "ބިންވެރިޔާ" ސްކީމުގެ ތެރެއިން 9،000 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވެ އެވެ. މި ގޯތި ދޫކޮށްފައިވަނީ ހުޅުމާލޭގެ އިތުރުން ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.

"ގެދޮރުވެރިޔާ" ސިޔާސަތުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4،000 އެޕާޓްމަންޓް އަންނަނީ އިމާރާތް ކުރަމުންނެވެ.