Last Updated: September 8, 06:39
Sunday, September 8, 2024
ދުނިޔެ

އެޕާޓްމަންޓް އިމާރާތެއްގައި ރޯވެ 7 މަރު

ފްރާންސްގެ ނީސްގައި އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއްގައި މިއަދު ރޯވެ 7 މީހަކު މަރުވެއްޖެ އެވެ.

ކަމާބެހޭ ފަރާތްތަކުން ބުނީ މަރުވި މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

އަލިފާން އެންމެ ފުރަތަމަ ރޯވީ ނީސްގެ މޫލިން އެރިއާގެ އިމާރާތެއްގެ ދެވަނަ ބުރީގަ އެވެ. އޭގެ ފަހުން މަތީ ފަންގިފިލާތަކަށް އަލިފާން ފެތުރިގެން ދިޔައީ އެވެ. މި ހާދިސާ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، މިއީ ބަޔަކު ގަސްތުގައި ދީފައިވާ ހަމަލާއެއް ކަމަށް ތުހުމަތުކުރެވޭތީ އެކަން އިތުރަށް އަންނަނީ ބަލަމުންނެވެ.

ފްރާންސްގެ އިންޓީރިއާ މިނިސްޓަރު ޖެރާލްޑް ޑާމިނަން ވިދާޅުވީ މިއީ ވަރަށް ހިތާމަވެރި ހާދިސާއެެއް ކަމަށާއި މިކަން ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރާނެ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވެސް ފޮނުއްވައިފަ އެވެ.