Last Updated: November 28, 08:36
Thursday, November 28, 2024
މުނިފޫހިފިލުވުން

އަލީ އާއި ރިޗާ އަށް ލިބުނީ އަންހެން ކުއްޖެއް

އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ އަލީ ފަޒަލް އާއި ރިޗާ ޗައްޑާ އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.

ރިޗާ ވިހެއީ އަންގާރަ ދުވަހު އެވެ. ނަމަވެސް އެކަން އިއުލާންކުރީ މިއަދެވެ. އެގޮތުން ދެމަފިރިން ބުނީ ލިބުނީ އަންހެން ކުއްޖެއް ކަމަށާއި މިއީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު އުފާވެރި ކަމެއް ކަމަށެވެ.

އަލީ، 37، އާއި ރިޗާ، 37، ކައިވެނިކުރީ 2022 ގަ އެވެ. އަދި އެ މީހުންނަށް ދަރިޔަކު ލިބެން އުޅޭކަން އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ރިޗާ ބުނެފައިވާ ގޮތުގައި އަލީ އޭނަ އަށް ޕްރޮޕޯޒްކުރީ ދެ މީހުން އެކީގައި 2018 ގައި ރާއްޖެ އަށް ކުރި ޗުއްޓީ ދަތުރުގެ ތެރޭގަ އެވެ.

އެކީގައި ފިލްމު "ފުކްރޭ" ގައި މަސައްކަތްކޮށްފައިވާ ރިޗާ އެންމެ ފަހުން ފެނިފައި ވަނީ މެއި މަހު ނެޓްފްލިކްސް އިން ގެނެސްދިން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" އިންނެވެ. އަލީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން ވެބް ސީރީޒް "މިރުޒާޕޫރް" ސީޒަން ތިނެކުންނެވެ.