Last Updated: October 18, 11:00
Friday, October 18, 2024
ޚަބަރު

ޑެޕިއުޓީ މިނިސްޓަރަކު ސަރުކާރާ ދެކޮޅަށް!

މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ކޯޓުގައި ވަކާލާތު ކުރައްވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް މުނައްވަރު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވާ މައްސަލަ ފެންމަތީ، ހައިކޯޓުގައި އިއްޔެ އޮތް ޝަރީއަތެއްގައި މީރާ އިން އެކަން ޝަރީއަތުގެ ސަމާލުކަމަށް ގެނައުމާ ގުޅިގެންނެވެ.

އެ މައްސަލައިގައި އިއްޔެ ހައި ކޯޓުގައި އޮތް ޝަރީއަތުގެ އަޑު އެހުމުގައި، މީރާގެ ވަކީލުން ވަނީ ދައުލަތަށް ދައުވާ ލިބޭ މައްސަލައެއްގައި ދައުލަތުގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވާކަން ޝަރީއަތުގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

ޝަރީއަތުން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެ މައްސަލައިގައި މަސްލަހަތު ފުށޫ އަރާ ފަދަ ކަމެއް ނެތް ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި މަސްލަހަތު ފުށުއަރާ ފަދަ ކަމެއް ދިމާވެއްޖެ ނަމަ މައްސަލައިން ތަނާޒުލްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.