Last Updated: September 8, 06:39
Sunday, September 8, 2024
މުނިފޫހިފިލުވުން

ސިދާތު އާ ފިލްމަތަކަށް ތައްޔާރު ވަނީ

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސިދާތު އާނަންދު އާ ފިލްމަކަށް ތައްޔާރުވާނ ފަށައިފި އެވެ.

މީޑިއާތަކުން ބުނީ މި އަހަރުގެ ޖެނުއަރީގައި ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ އޭރިއަލް އެކްޝަން ތުރިލާ "ފައިޓާ" ގެނެސްދިން ޑައިރެކްޓަރު ދެން ވެސް ހަދަން ނިންމާފައި ވަނީ ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ ވަރުގަދަ އެކްޝަން ފިލްމެއް ކަމަށެވެ. އެގޮތުން މިހާރު އޭގެ ސްކްރިޕްޓް ވެސް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ސިދާތުގެ ފިލްމު ކުންފުނި، މާފްލިކްސް ޕިކްޗާސް އިން ލަސްތަކެއް ނުވެ ފިލްމު ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

އޭނަ ގެނެސްދީފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރުގެ "ޕަތާން" އާއި 2019 ގެ "ވޯ" ގެ އިތުރުން 2005 ގެ "ސަލާން ނަމަސްތޭ" ފާހަގަކޮށްލެވެ އެވެ.

ސިދާތުގެ މާ ފްލިކްސް އިން ޕްރޮޑިއުސްކުރާ ދެ ފިލްމެއް ވެސް ކުރިއަށް އެބައޮތެވެ. އެއީ ސައިފް އަލީ ޚާނާ އެކީ ހަދާ އެކްޝަން ތުރިލާ "ޖުވެލް ތީފް: ދަ ރެޑް ސީ ޗެޕްޓާ" އާއި ޝާހްރުކް ޚާނާއި ދަރިފުޅު ސުހާނާ ޚާން ހިމަނައިގެން ހަދަން ނިންމާފައިވާ އެކްޝަން ތުރިލާ "ދަ ކިންގް" އެވެ.

ސައިފްގެ ފިލްމުގެ ޑައިރެކްޓަރަކީ ރޮބީ ގެރަވާލެވެ. "ކިންގް" ގެ ޑައިރެކްޓަރަކީ ސުޖޯއި ގޯޝް އެވެ.

"ފައިޓާ" އަކީ މާފްލިިކްސްގެ ތައްގަނޑުގައި ގެނެސްދިން ފުރަތަމަ ފިލްމެވެ.