އެމްޑީޕީގެ މަގުޗާޓަށް ހިޔާލު ހޯދަން އެ ޕާޓީގެ ލީޑަޝިޕުން ފުވައްމުލަކު ސިޓީ އަށް ވަޑައިގެންފި އެވެ.
މި ދަތުރުގައި އެމްޑީޕީގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ ޗެއާޕާސަން ފައްޔާޒް އިސްމާއިލެވެ.
ފުވައްމުލަކަށް އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު އާއި އެ ޕާޓީގެ އާންމު މެމްބަރުންނެވެ.
އެމްޑީޕީގެ މަގުޗާޓަށް ހިޔާލު ހޯދަން އެ ޕާޓީގެ ލީޑަޝިޕުން އެންމެ ފުރަތަމަ ގޮސްފައިވަނީ އައްޑޫ ސިޓީ އަށެވެ. އެގޮތުން އައްޑޫގެ އެކި އަވަށްތަކުގައި މަސައްކަތް ކުރާ އެމްޑީޕީގެ އިސް ފަރާތްތަކާއި އެ ޕާޓީގެ ލީޑަޝިޕުން ވަނީ ބައްދަލުކޮށް ހިޔާލާއި މަޝްވަރާ ހޯދައިފަ އެވެ.
އެމްޑީފީގެ ހިންގުން ހަރުދަނާ ކުރަން ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމީ މި އަހަރު ބޭއްވި މަޖިލިސް އިންތިހާބާއި މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕާޓީ އަށް ކުރިމަތިލާން ޖެހުނު ބޮޑު ނާކާމިޔާބީއާ ގުޅިގެންނެވެ.
އެމްޑީޕީ އަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ.