Last Updated: September 8, 06:39
Sunday, September 8, 2024
މުނިފޫހިފިލުވުން

"ކަމަނާ" ގެ ޓްރެއިލާ 22 ގައި

އަންނަ މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ފިލްމު "ކަމަނާ" ގެ ޓްރެއިލާ މި މަހުގެ 22 ގައި އާންމު ކުރަން ނިންމައިފި އެވެ.

މަހުދީ އަހުމަދު އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު ޑައިރެކްޓްކޮށްފައިވާ ފިލްމަކީ މާބަނޑު އަންހެނަށް ކުރިމަތިލާން ޖެހޭ ގެވެށިއަނިޔާގެ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. "ކަމަނާ" ގެ ލީޑް ކާސްޓްގައި ހިމެނެނީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ އިތުރުން އައިމިނަތު ރަޝްފާ (އާޝާ) އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި މުހައްމަދު ރަޝީދު (ދަރާ)، ނަތާޝާ ޖަލީލު އަދި މުހައްމަދު މަނިކު ހިމެނެ އެވެ.

އަންނަ މަހުގެ 27 ގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވާ "ކަމަނާ" އަކީ ޕްރޮޑިއުސަރު އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި ހުސައިންގެ ކިޑް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.