Last Updated: October 18, 10:45
Friday, October 18, 2024
ޚަބަރު

ހަތަރު ގައުމާ އެކީ ކާވާ މުބާރާތް ފަށައިފި

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތް ފަށައިފި އެވެ.

ރޭ މި މުބާރާޔް ފައްޓަވައި ދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު އެވެ.

ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގައި ހަތަރު ގައުމަކުން ވާދަކުރެ އެވެ. އެއީ ރާއްޖެ، ސްރީ ލަންކާ، ކިރިގިސްތާންގެ އިތުރުން ނޭޕާލެވެ.

މި މުބާރާތާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ މިއީ ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމަށް ކޮށައިދެވުނު މަގެއްކަމަށެވެ. އަދި މިއީ ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ ވޮލީބޯޅަ މުބާރާތްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާފިޢު ވިދާޅުވީ މި ސަރުކާރުން ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ކާވާ މުބާރާތަކީ އޭގެ ބައެއް ކަމަށް ވިދާޅުވި އެވެ.

ކާވާ މުބާރާތް ކުރިއަށް ދާނީ މި މަހުގެ 24 އާ ހަމައަށެވެ. މެޗްތައް ކުޅޭނީ މާލޭގެ ސޯޝަލް ސެންޓަރުގަ އެވެ.