Last Updated: October 18, 11:00
Friday, October 18, 2024
މުނިފޫހިފިލުވުން

އެކްޓަރު ޕަވެލް ޑިގްރީ އަށް ކިޔަވަނީ

"ޓޮޕް ގަން: މެވެރިކް". އާއި "އެނީވަން ބަޓް ޔޫ" ފަދަ މަގުބޫލު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ހޮލީވުޑްގެެ މަޝްހޫރު ތަރި ގްލެން ޕަވެލް ފިލްމީ މަސައްކަތްތައް ކުރަމުން ޑިގްރީ ނިންމަން އަމާޒު ހިފައިފި އެވެ.

އުމުރުން މިހާރު 35 އަހަރުގެ އެކްޓަރު ސްޕެއިން/އެމެރިކާ ހިސްޓްރީން ޑިގްރީ އަށް ކިޔަވަނީ ޓެކްސަސް ޔުނިވަސިޓީގަ އެވެ. ކަމަށެވެ. ޕަވެލް ބުނީ އޭނަ ކިޔެވުން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށާއި އެކަން ކުރިއަށް ގެންދާނީ އޭނަ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "ދަ ރަނިމް މޭން" ގެ މަސައްކަތް ވެސް ކުރަމުން ކަމަށެވެ.

މި ވަގުތު ލަންޑަންގައި ހުރި އެކްޓަރު ބުނީ އޭނަ ކްލާސްތަކުގައި ބައިވެރިވާނީ ޒޫމް މެދުވެރިކޮށް ކަމަށާއި އެކަމަކު ސެމިސްޓާތަކުގެ ވަކި ހިސާބުތަކުން ޔުނިވަސިޓީ އަށް ވެސް ހާޒިރުވާން ޖެހޭތީ އެކަން ކުރާނެ ކަމަށް ބުންޏެވެ.

"އަހަރެން ޑިގްރީ އަށް މި ކިޔަވަނީ ދަ ރަނިން މޭންގެ ޑައިރެކްޓަރު އެޑްގާ ރައިޓްގެ ވަރަށް ބޮޑު ސަޕޯޓަކާ އެކީ. ކިޔެވުމަށް ވަގުތު ހުސްކޮށް ދިނުމުގައި އެހީތެރިކަން ވަރަށް ބޮޑު." ޕަވެލް ބުންޏެވެ.

"ދަ ރަނިން މޭން" އަކީ 1987 ގެ ސައިންސް ފިކްޝަން ފިލްމުގެ ރިމޭކެކެވެ.

ޕަވެލްގެ އެންމެ ފަހުގެ ފިލްމަކީ މިއަދު ސިނަމާތަކަށް ގެނައި ޑިޒާސްޓާ ފިލްމު "ޓްވިސްޓާސް" އެވެ. "ސްޓަކް އިން ލަވް"، އާއި "އިވްރިބަޑީ ވޯންޓްސް ސަމް"، "ހިޑެން ފިގާސް"، "ސޭންޑް ކާސްލް" އަދި "ހިޓް މޭން" ފަދަ ފިލްމުތައް ކުޅެފައިވާ ޕަވެލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ހަންޓިޓަން" ހިމެނެ އެވެ.