Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

"ކޭއެފްސީ" ގެ ބިއްލޫރި އަނެއްކާ ވެސް ތަޅާލައިފި

މާލޭގައި ހުންނަ "ކޭއެފްސީ" ގެ އައުޓްލެޓްގެ ބިއްލޫރިތަކެއް އަނެއްކާވެސް ތަޅާލައިފި އެވެ.

ފުލުހުން ބުނީ ފަތިހު 04:32 ހާއިރު ގާބުރިއަކުން ޖަހައި، ބިއްލޫރިތައް ތަޅާލަފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާތީ އެކަން މިހާރު އިތުރަށް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

އަމީނީ މަގުގައި ހުންނަ "ކޭއެފްސީ" ގެ ބިއްލޫރިގަނޑެއް މި މަހުުގެ 15 ވަނަ ދުވަހުގެ ރޭ ވެސް ތަޅާލި އެވެ.

މާލޭގެ "ކޭއެފްސީ" އައުޓްލެޓްގެ ބިއްލޫރުގަނޑެއް ތަޅާލި އިރު، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ރާއްޖޭގައި ވެސް "ކޭއެފްސީ" ބޮއިކޮޓް ކުރަން ގޮވައިލަމުން ގޮސްފައިވެ އެވެ. އެގޮތުން މީގެ ކުރިން ވަނީ ކޭއެފްސީ ކައިރީ މުޒާހަރާކޮށް، އެތަނާ ޖެހިގެން އަންނަ "ޕިއްޒާ ހަޓް" އަށް ވެސް ބަޔަކު ކަޅުތެޔޮ ޖަހާފައިވެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ހެދި، އިޒްރޭލަށް ވާގިދޭ ގައުމުތަކުގެ ކުންފުނިތަކުގެ އުފެއްދުންތައް ބޮއިކޮޓްކުރަން ވަރަށް ގިނަ ގައުމުތަކުގައި ގޮވާފައިވެ އެވެ.