Last Updated: September 8, 06:39
Sunday, September 8, 2024
މުނިފޫހިފިލުވުން

ޝާހިދުގެ "ދޭވާ" ފަސްކޮށްފި

މި އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރަން އޮތް ބޮލީވުޑްގެ ތަރި، ޝާހިދު ކަޕޫރްގެ އެކްޝަން ތުރިލާ "ދޭވާ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ފިލްމުގައި ޝާހިދު ފެންނާނެ ގޮތުގެ ފަސްޓްލުކް ޕޯސްޓަރަކާ އެކީ އިއްޔެ ބުނީ މި ފިލްމު މިހާރު ބެލުންތެރިންނަށް ގެނެސްދޭން ތާވަލުކުރީ އަންނަ އަހަރުގެ ފެބްރުއަރީ 14 އަށް ކަމަށެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި "ދޭވާ" ކުރިން ސިނަމާތަކަށް ގެންނަން އޮތީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 11 ގަ އެވެ.

ޝާހިދު ފުލުހެއްގެ ރޯލުން ފެންނާނެ މި ފިލްމަކީ ބަތަލާ ވިދިއާ ބާލަންގެ ފިރިމީހާ ސިދާތު ރޯއި ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ހަދާ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ ރޯޝަން މެތިއު އެވެ.

"ދޭވާ" ގެ ބަތަލާ އަކީ ޝާހިދާ އެކީ އަލަށް ފިލްމެއްގެ މަސައްކަތްކުރާ ޕޫޖާ ހެގްޅޭ އެވެ. ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ޝާހިދު އެންމެ ފަހުން ފެނިފައި ވަނީ ފެބްރުއަރީގައި ރިލީޒްކުރި "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިޔާ" އިންނެވެ.