Last Updated: September 8, 06:39
Sunday, September 8, 2024
މުނިފޫހިފިލުވުން

"ގްލޭޑިއޭޓާ 2" ގެ ޓްރެއިލާ ބަލާލިންތަ؟

މި އަހަރު ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ގްލޭޑިއޭޓާ 2" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މިއީ ކުޅަދާނަ ޑައިރެކްޓަރު ރިޑްލީ ސްކޮޓް 2000 ވަނަ އަހަރު ރަސެލް ކްރޯއާ އެކީ ގެނެސްދިން ތާރީހީ ފިލްމު "ގްލޭޑިއޭޓާ" ގެ ދެވަނަ ބައެވެ. ނަމަވެސް އާ ފިލްމުގައި އޭނައެއް ނުހިމެ އެވެ. އޭގެ ބަދަލުގައި "ގްލޭޑިއޭޓާ 2" ގެ އެންމެ މުހިއްމު ތަރިއަކީ ޒުވާން އެކްޓަރު ޕޯލް މެސްކަލް އެވެ.

ފިލްމުގައި އޭނަ ކުޅެފައި ވަނީ އޮރިޖިނަލްގައި ކޮނީ ނީލްސެން ކުޅުނު ލޫޝިލާގެ ދަރިފުޅު ލޫސިއަސްގެ ރޯލެވެ. ކާސްޓްގައި ނީލްސެން ވެސް ހިމެނޭ "ގްލޭޑިއޭޓާ 2" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޕެޑްރޯ ޕާސްކަލް އާއި ޑެންޒެލް ވޮޝިންޓަން ވެސް ހިމެނެ އެވެ.

ރިޑްލީ ޑައިރެކްޓްކޮށްދޭ ގެނެސްދޭ ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ތާވަލުކޮށްފައި އޮތީ ނޮވެމްބަރު 22 ގަ އެވެ. "ގްލޭޑިއޭޓާ 2" ހަދާފައި ވަނީ 250 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ރިޑްލީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ނަޕޯލިއަން" އެވެ.