Last Updated: September 8, 06:39
Sunday, September 8, 2024
މުނިފޫހިފިލުވުން

"ލާޕަތާ ލޭޑީސް" މާދަމާ ރޭ ޓީވީ އަށް

ބޮލީވުޑްގެ ތަރި އާމިރު ޚާންގެ ކުރީގެ އަންހެނުން ކިރަން ރާއޯ ޑައިރެކްޓްކޮށް، މި އަހަރުގެ މާޗްގައި ގެނެސްދިން މަގުބޫލު ފިލްމު "ލާޕަތާ ލޭޑީސް" ފުރަތަމަ ފަރަހަށް ޓީވީ ޗެނަަލަކުން ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

ދާދި ފަހުން ނެޓްފްލިކްސް އިން ވެސް ޕްރީމިއާކުރި ފިލްމު މާދަމާ ރޭ ގެނެސްދޭން ހަމަޖެހިފައި ވަނީ ސޮނީ މެކްސްއިންނެވެ. އެއީ ރާއްޖެ ގަޑިން 7:30 ގަ އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ލާޕަތާ ލޭޑީސް" ގައި ކިޔައި ދެނީ ރަށްފުށުގެ ޒުވާނަކު ކައިވެނިކޮށްގެން، އޭނަގެ އާއިލާގެ ގާތަށް އަލަތު އަނބިމީހާ ގޮވައިގެންދާ ފަހުން، އަންހެނުންނަކީ އިން މީހާ ނޫންކަން އެނގުމުން ދިމާވާ ހެއްވާ މަޖާ ހާދިސާތަކެކެވެ.
އާމިރު ޚާން ޕްރޮޑިއުސްކުރި މި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅުނީ އާ ފަންނާނުންތަކެއް ކަމަށްވާ ނިތާންޝީ ގޮއެލް އާއި ސްޕާޝް ސްރިވަސްތާވްގެ އިތުރުން ޕްރަތިބާ ރަތުނާ އެވެ. އަދި "ލާޕަތާ ލޭޑީސް" ގައި ފުލުހެއްގެ ރޯލުން ތަޖުރިބާކާރު އެކްޓަރު ރަވީ ކިޝަން ވެސް ފެނިގެން ދެ އެވެ.

އެންމެ 5 ކްރޯޑް ރުޕީސް (597,000 ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 25.26 ކްރޯޑް ރުޕީސް (3.02 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.

"ލާފަތާ ލޭޑީސް" އަކީ ކިރަން ޑައިރެކްޓްކުރި ދެވަނަ ފިލްމެވެ. އޭނަގެ އަލަތު ޑައިރެކްޝަނަކީ 2011 ގެ "ދޯބީ ގާތު" އެވެ.