Last Updated: October 18, 10:31
Friday, October 18, 2024
ޚަބަރު

އައްޑޫ ސްޑޭޓިއަމް ފުޓްސަލް ދަނޑު ނިމިއްޖެ

އައްޑޫ ސްޓޭޑިއަމް ސަރަހައްދުގައި ހަދަމުން އަންނަ ފުޓްސަލް ދަނޑު ނިންމާލައިފި އެވެ.

އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ކައުންސިލުން ގާތުން ބަލަމުން އަންނަ އިރު، ދަނޑު ހެދުމުގެ މަޝްރޫއުގެ 99 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ ދަނޑުގެ މަސައްކަތް ނިންމުމަށް ފަހު ސައިޓް ސާފު ކުރުމުގެ މަސައްކަތް ކަމަށް ކަމަށް ކައުންސިލުން ބުންޏެވެ.

އެ ދަނޑުގެ މަސައްކަތްކޮށްފައި ވަނީ ހިތަދޫ ކުންފުންޏެއް ކަމަށްވާ ސަން ޝެލް މޯލްޑިވްސްއާ އެވެ. އެ ކުންފުންޏާ މަޝްރޫއު ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ގަ އެވެ.

ހިތަދޫ ސްޓޭޑިއަމް ފުޓްސަލް ދަނޑަކީ 1.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ދަނޑެކެވެ.

މި ދަނޑުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2016 ގަ އެވެރ. ނަމަވެސް ވަކި ހިސާބަކުން އެތަނުން މަސައްކަތް ހުއްޓި، ދަނޑު އޮތީ ބޭނުން ނުކުރެވޭ ހާލަތަކަށް ގޮސްފަ އެވެ.