މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ކެފޭއަކާއި ކޮފީ ޝޮޕެއް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އެ އެއާޕޯޓް ހިންގާ ކުންފުނި، އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުފެ ފުރުސަތު މި މަހުގެ 28 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަންބަރު 3331230 އިން ހޯދޭނެ އެވެ. މީގެ އިތުރުން މި ތިން މެއިލް moohath.mohamed@iasl.aero ، procurement.admin@iasl.aero އަދި mohamed.ziyau@iasl.aero މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެ އެވެ.
މާފަރު އެއާޕޯޓަކީ ޑިސެމްބަރު 1، 2019 ގައި ހުޅުވި އެއާޕޯޓެކެވެ.
މި އެއާޕޯޓް ހެދީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޓަފް އޮފް ޝޯ އާއި ހަވާލުކޮށްގެން އެކުވެރި އަރަބް އިއްތިހާދު (ޔޫއޭއީ) ގެ އެހީއާ އެކީގަ އެވެ. އަދި މިއީ އެއާބަސް އޭ320 އާއި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭނެ 2.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކީ ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.