Last Updated: September 8, 06:39
Sunday, September 8, 2024
މުނިފޫހިފިލުވުން

"ބޭޑް ނިއުސް" ގެނެސްދިނީ އުފާވެރިކަން!

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ބޮލީވުޑްގެ ރޮމޭންޓިކް ކޮމެޑީ "ބޭޑް ނިއުސް" އަށް ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.

މި ލައިޓްހާޓެޑް ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް އާނަންދު ތިވާރީ ޑައިރެޓްކުރި ފިިލްމެކެވެ. ކްރިޓިކުންނާއި ބެލުންތެރިން ވެސް "ބޭޑް ނިއުސް" ގެ ޖާދޫގައި ޖެހިފައިވާ އިރު، މީގެ ލީޑް ތަރިންނަކީ ވިކީ ކޯޝަލާއި ޓްރިޕްތީ ދިމްރީގެ އިތުރުން އައްމީ ވާކެވެ.

ފިލްމުގެ މައިގަނޑު ޕްލޮޓް އެނބުރެނީ ދެ މީހަކާ އެކީ ބާއްވާ ގުޅުމެއްގެ ތެރެއިން ޒުވާން އަންހެނަކު މާބަނޑުވުމުން، ބަލިވެއިނީ ކާކުގެ ދަރިއަކަށްކަން ކަށަވަރު ނުވެގެން، އެކަމުގެ ވާދަވެރިކަން އެ ދެ ފިރިހެނުންގެ މެދުގައި ބޮޑުވެގެން ހިނގާ ހެއްވާ މޖާ ހާދިސާތަކެކެވެ.

"ބޭޑް ނިއުސް" ގިނަ ބަޔަކަށް ކަމުދިޔަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހެއްވާލައި އުފާވެރިކަން ގެނެސްދޭ ކަހަލަ ފިލްމަކަށްވުމާއި ފިލްމު ގެނެސްދީފައި އޮތްލެއް ކަމުދިއުމާއި ތަރިންގެ އެކްޓިން ރަނގަޅުވުމާއި ފިލްމުގެ މިއުޒިކް ވެސް ރީތިވުން ހިމެނެ އެވެ. މި ފިލްމުގެ ލަވަަތަކުގެ ތެރެއިން ވިކީގެ ނެށުމުގެ ހުނަރު ވަރަށް ބޮޑަށް ދައްކުވައި ދިން "ތޯބަ ތޯބަ" އާއި އޭނަ އާއި ޓްރިޕްތީގެ ގައިގޯޅި ގިނަ މަންޒަރުތަކެއް ހިމެނޭ ލަވަ "ޖާނަމް" ގެ އިތުރުން މީގައި ހިމެނޭ ކުރީގެ ލަވަ "މޭރޭ މެހެބޫބު މޭރޭ ސަނަމް" ގެ އާ ވާޝަން ވެގެން ގޮސްފައި ވަނީ ފިލްމަށް އިތުރު ފުރިހަމަކެއް ގެނެސްދިން ލަވަތަކަށެވެ.

އަނެއްކޮޅުން "ބޭޑް ނިއުސް" އަކީ ވަރަށް ގްލެމަރަސް ފިލްމެކެވެ. ކުރުކޮށް ބުނާ ނަމަ މިއީ "ޓިޕިކޖަލް" ބޮލީވުޑް ފިލްމެކެވެ.

ވަރަށް ގިނަ ކްރިޓިނުން ފިލްމަށް ފަސް ތަރިން ހަތަރު ތަރި އަދި ތިނެއް ބައި ތަރީގެ ރޭޓިންއެއް ދީފައިވެ އެވެ.

"ބޭޑް ނިއުސް" ވެފައި ވަނީ ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރު ވިކީގެ ފިލްމަކަށް މިހާތަނަށް އެންމެ ރަނގަޅު ފެށުމަށް ވެސް ލިބުނު ފިލްމަށެވެ. އަދި ކްރިޓިކުން ފާހަގަކޮށްފައިވާ ގޮތުގައި މީގައި އޭނަ ކުޅެފައިވާ ހެއްވާ މަޖާ ރޯލަކީ، ކޮންމެ ކަހަލަ ރޯލެއް ވެސް ކުޅެވިދާނެކަން ސާބިތުކޮށް ދިން ރޯލެކެވެ.

އެހެންވެ "ބޭޑް ނިއުސް" ވެފައި ވަނީ އެންމެންނަށް ވެސް އުފާވެރިކަން ގެނެސްދިން އެއްޗަކަށެވެ.