Last Updated: September 8, 03:07
Saturday, September 7, 2024
ޚަބަރު

ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަނީ، ކަރަންޓު ކެނޑިދާނެ

ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރިއަށްގެންދާތީ މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން މިއަދު ބުނެފައިވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ކެނެރީ މަގު، ސައްޔިދުކިލެގެފާނު މަގު އަދި ބުލްބުލް ގޯޅި ހިމެނޭ ސަރަހައްދުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށެވެ. އެ ސަރަހައްދުން މިއަދު ހެނދުނު 09:30 އިން 11:30 އަށް ކަރަންޓުގެހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

މީގެއިތުރުން މާލެ ސިޓީ، ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު 14:00 އިން 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތު ދީފައިވެއެވެ.

މާލެސަރަހައްދުގައި ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓެލްކޯއިން އަބަދުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.