Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

އިރުޝާދިއްޔާގެ ދަރިވަރުންނަށް "ފަރުކޮއެ" ހިންގައިފި

އައްޑޫ މަރަދޫ އިރުޝާދިއްޔާ ސްކޫލްގެ ދަރިވަރުންނަށް "ފަރުކޮއެ 2024" ޕްރޮގްރާމް ހިންގައިފި އެވެ.

މިއީ ސްކޫލުތަކުގެ ދަރިވަރުންނަށް ރާއްޖޭގެ ފަރުތައް ދައްކާލައި ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމުގެ މައްޗަށް ހޭލުންތެރި ކުރުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން އިރުޝާދިއްޔާ ސްކޫލުން އިއްޔެ ކުރިއަށް ގެންދިޔަ "ފަރުކޮއެ" ޕްރޮގްރާމްގައި ދަރިވަރުން މޫދަަށް ގެންގޮސް، ސްނޯކަލްކޮށްގެން ފަރާއި މޫދުގެ ދިރުންތައް ދަރިވަރުންނަށް ދައްކާލާފައިވެ އެވެ.

އައްޑޫ ނޭޗާ ޕާކް ސަރަހައްދުގައި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ވެސް އެހީތެރިކަމާ އެކީގަ އެވެ. އެގޮތުން ދަރިވަރުން މޫދުގައި އުޅުނު އިރު ސަލާމަތީ ކަންކަން ސުޕަވައިޒް ކުރުމުގައި ސިފައިން ހަރަކާތްތެރިވި އެވެ.

މި ޕްރޮގްރާމްގައި ނޭޗަރ ޕާކުގެ މުވައްޒަފުން ވެސް ހަރަކާތްތެރިވި އެވެ.