ހަނގުރާމައިގެ ސަބަބުން މިހާރު ވީރާނާވެފައި އޮތް ގާޒާގައި ޕޯލިއީ ބަލި ފެތުރެން ފަށައިފާނެކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނީ ގާޒާގެ ހެލްތު މިނިސްޓްރީއާ ނަރުދަމާގެ ނިޒާމުން ބޭރުވާ ނަޖިސް ފެނުގެ ސާމްޕަލްތަކެއް ނަގައިގެން ކުރި ޓެސްޓްތަކުން ޕޯލިއޯ އަށް މަގުފަހިކުރާ ވައިރަސް ފެނިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ 23 ގައި ގާޒާގެ ހަ ސަހައްދަކުން ނެގިު ސާމްޕަލްތަކުން ޕޯލިއޯވައިރަސް ޓައިޕް ޓޫ ވީޑީޕީވީ2) ފެނިފައިވާ ކަމަށް ބުންޏެވެ.
ޕޯލިއޯ އަކީ އެ ބަލި ޖެހިއްޖެ ނަމަ ވާކޮށްލާ ބައްޔެކެވެ.
އެހެންވެ ހަނގުރާމައިގެ ސަބަބުން މިހާރު ގާޒާ އޮތް ހާލަތަށް ބަލާ އިރު، އެތަނުގެ ސިއްހީ ހާލަތާ މެދު ވަރަށް ކަންބޮޑުވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.
"އަަވަސް މުއްދަތެއްގެ ތެރޭގައި އެބަޖެހޭ ޕޯލިއޯގެ ވައިރަސް ނައްތާލަން މަސައްކަތްތަކެއް ކުރަން." އެ ޖަމާއަތުން ބުންޏެވެ.
އެހެންވެ މިހާރު ޔުނިސެފާއި އަންރުވާގެ އިތުރުން ގާޒާގެ ސިއްހީ އިދާރާތައް ގުޅިގެން އަންނަނީ ވައިރަސް ނައްތައިލުމުގެ ކުރަމުންނެވެ. އަދި ބަލި އެއްވެސް ވަރަކަށް މިހާތަނަށް ފެތުރިފައިވޭތޯ ވެސް އަންނަނީ ބަލަމުންނެވެ.
ގާޒާގެ ހާލަތާ ގުޅިގެން ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދޮނަމް ވަނީ ޕޯލިއޯ ވެކްސިން ވެސް މި ވަގުތު ގާޒާ އަށް ވަރަށް މުހިއްމުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ހަނގުރާމައގެ ސަބަބުން ގާޒާ މިހާރު އޮތީ ޕޯލިއޯ ފަދަ ސިއްހީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ފަދަ ހާލަތެއްގައި ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 އިން ފެށިން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ގާޒާ ފަދަ ތަންތަން ވަނީ ސުންނާތިކޮށްގަ އެވެ. މީގެ ސަބަބުން ފެނާއި ނަރުދަމާ ނަރުދަނާ ނިޒާމު ވސް ހަލާކުވެ، ރައްޔިތުން ތިބީ އިންސާނީ ވަރަށް ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ.
އަނެއްކޮޅުން ފަލަސްތީނުގެ ހުރިހާ ހޮސްޕިޓަލްތަކެއްހެން ވަނީ ބިމާހަމަކޮށްފަ އެވެ.