Last Updated: September 8, 06:17
Sunday, September 8, 2024
ޚަބަރު

ފުވައްމުލަކުގައި ފުލުހުން ވޮލީ މުބާރާތެއް ބާއްވަނީ

ފުލުހުން އިންތިޒާމުކޮށްގެން އަންނަ މަހު ފުވައްމުލަކުގައި ބާއްވަން ހަމަޖެހިފައިވާ ވޮލީ މުބާރާތެއްގައި ބައިވެރިވާންް ހުޅުވާލައިފި އެވެ.

ފުވައްމުލަކު ސިޓީ ކައުންސިލާ ގުޅިގެން ބާއްވާ މި މުބާރާތަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ހޭލުންތެރިކަން އުފައްދަން ފުލުުހުން ބާއްވާ "ރައްކާ ރޯޑް" ގެ ޝޯއާ ގުޅުވައިގެން "ރައްކާ ވޮލީ ޓޯނަމަންޓް" ގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތެކެވެ.

"ރައްކާ ރޯޑް ޝޯ" ފުވައްމުލަކުގައި ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 3-7 އަށެވެ.

މިއާ ގުޅުވައިގެން ބާއްވާ ވޮލީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 25 ގެ މެންދުރު 12:00 އާ ހަމައަށެވެ. މުބާރާތް ބާއްވަނީ ދެ ޖިންސްގެ މީހުންނަށް ހާއްސަކޮށްގެންނެވެ.

"ރައްކާ ވޮލީ ޓޯނަމަންޓް" އަކީ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް އެއްބައިވަންތަކަން ޤާއިމު ކުރުމާ އެކު
ޒުވާނުންނަކީ ދުޅަހެޔޮކަންމަތީ ދެމިތިބުމަށް ލޯބިކުރާ ސަލާމަތާއި ރައްކާތެރި ކަމަށް އަބަދުވެސް މަސައްކަތްކުރާ ބަޔަކަށް ހެދުމާއި ކުޅިވަރުގެ ތެރެއިން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރުމަށް ޒުވާނުން އަހުލުވެރިކުރުވުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.