Last Updated: September 8, 06:39
Sunday, September 8, 2024
މުނިފޫހިފިލުވުން

ޓީވީ ބަތަލާ ޓީނާ ރާއްޖޭގައި

އިންޑިއާގެ ޓީވީ ބަތަލާ ޓީނާ ދައްތާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އޭނަ ރާއްޖެ އައީ މަންމަ، މަދޫ ދައްތާއާ އެކީގަ އެވެ. މި ދަތުރުގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ޓީނާ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ.

ކަލާސްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 16 އާއި "ހަތުރޯން ކޭ ކިލާޅީ" ސީޒަން 7 ގައި ވެސް ވާދަކޮށްފައިވާ ޓީނާ އެންމެ ފަހުން ފެނިފައި ވަނީ ސޮނީ ޓީވީން މިދިޔަ އަހަރު ގެނެސްދިން ސިލްސިލާ "ހަމް ރަހޭ ނާ ރަހޭ" އިންނެވެ. އުމުރުން މިހާރު 32 އަހަރުގެ ބަތަލާ ކުޅުނު އިތުރު ސިލްސިލާތަކުގެ ތެރޭގައި "އުތާރަން" އާއި "ޑާޔަން" ހިމެނެ އެވެ.

ބައެއް ފިލްމުތަކުގައި ވެސް ޓީނާ މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި 2005 ގެ ފިލްމު "ޕަރިނީތާ" ހިމެނެ އެވެ.

ޓީނާ ޗުއްޓީ އަށް ރާއްޖެ އައިސްފައި ވަނީ މި އަހަރު ފެށުނު އިންޑިއާގެ ސެލެބްރިޓީން ޗުއްޓީ އަށް ރާއްޖެ އައުން "އެއްކޮށްގެން ހުއްޓިފައިވާ" ދަނޑިވަޅެއްގަ އެވެ. އިންޑިއާ އަކީ މިހާރު ރާއްޖެ އަށް ހަ ވަނަ އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.