Last Updated: October 18, 10:45
Friday, October 18, 2024
ޚަބަރު

އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ ދީމާ

އަންނަ ހުކުރު ދުވަހު ފްރާންސްގެ ޕެރިހުގައި ފަށާ އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ޓީޓީ ތަރި، ފާތިމަތު ދީމާ އަލީ އާއި އެތުލެޓިކްސްގެ އިބާދުﷲ އާދަމް އަށް ލިބިއްޖެ އެވެ.

އެ ދެ އެތުލީޓޫންނާ މިއަދު ދިވެހި ދިދަ ހަވާލުކޮށްދެއްވީ، އެ ކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ހާއްސަ ހަފުލާއެެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ފަހަރުގެ އޮލިމްޕިކްފައި ފުރަތަމަ ފަހަރަށް ރާއްޖެ އިން ހަތަރު ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އެއީ، ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިސް އެވެ. ޓީޓީން ވާދަކުރާ ދީމާ އަކީ އޮލިމްޕިކްސް ރާއްޖެ އިން ކޮލިފައިވި ފުރަތަމަ ކުޅުންތެރިޔާ އެވެ.

އޮލިމްޕިކްސްގައި މި ފަހަރު ބެޑްމިންޓަނުން ވާދަކުރަނީ ފާތިމަތު ނަބާހާ އެވެ. އެތުލެޓިކްސް އިން ވާދަކުރާނީ އިބާދުﷲ އެވެ. ސްވިމިން އިން ދާ އެތުލީޓުންނަކީ، މުހައްމަދު އާން ހުސައިނާއި ޢާއިޝަތު އުލްޔާ ޝާއިގެވެ.

އަންނަ މަހުގެ 11 އާ ހަމައަށް ކުރިއަށްދާ އޮލިމްޕިކްސް ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަނަރަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ ރައީސް އަލީ ރަޝީދު (އައްޔަ) އެވެ.