Last Updated: September 8, 06:39
Sunday, September 8, 2024
ޚަބަރު

ޔޫކޭ ޓޫރިސްޓުން ވެސް 100،000 އިން މައްޗަށް

މި އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވެސް 100،000 އިން މައްޗަށް އަރައިފި އެވެ.

ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް އެ ގައުމުން ރާއްޖެ އަށް ޖުމްލަ 100،313 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއާ އެކީ އިނގިރޭސިވިލާތްވެފައި ވަނީ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައި ތިން ވަނަ ގައުމަށެވެ.

އެ ލިސްޓްގައި ދެން ހިމެނެނީ އިއްޔެގެ ނިޔަލަށް 143،036 ޓޫރިސްޓުން އައި ޗައިނާ އާއި 118،291 ޓޫރިސްޓުން އައި ރަޝިއާ އެވެ.

އިއްޔެގެ ނިޔަލަށް ރާއްޖެ އަށް ޖުމްލަ 1،118،878 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނެނީ އިޓަލީ (84،191 ޓޫރިސްޓުން)، ޖަރުމަން (83،404 ޓޫރިސްޓުން)، އިންޑިއާ (68،799 ޓޫރިސްޓުން)، އެމެރިކާ (39،947 ޓޫރިސްޓުން)، ފްރާންސް (34،899 ޓޫރިސްޓުން)، ސްވިޓްޒަލޭންޑް (23،720 ޓޫރިސްޓުން) އަދި ސްޕެއިން (20،301 ޓޫރިސްޓުން) އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު އައީ 1.8 މިލިއަން ޓޫރިސްޓުންނެވެ.