Last Updated: September 8, 06:39
Sunday, September 8, 2024
ދުނިޔެ

ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ބައިޑެން ނިންމައިފި

އެމެރިކާގައި މިއަހަރުގެ ފަހުކޮޅު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަނުކުރަން އެގައުމުގެ މިހާރުގެ ރައީސް އަދި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، ޖޯ ބައިޑެން ނިންމައިފި އެވެ.

މިރޭ އާންމުކުރެއް ބަޔާނެއްގައި ބައިޑެން ވިދާޅުވީ އެމެރިކާގެ ރައީސްކަން ކުރެއްވުމަކީ ލިބިވަޑައިގެންނެވި ބޮޑު ޝަރަފެއް ކަމަށާއި ނަމަވެސް ޕާޓީ އާއި ގައުމަށް މިވަގުތު އެންމެ ރަނގަޅު ވާނީ ވެރިކަމުގެ އިތުރު ދައުރަކަށް އޭނާ ކުރިމަތިނުލުމަށް ކަމަށް ފެންނަ ކަމަށެވެ. އަދި ދެން މަސައްކަތް ކުރައްވާނީ ދައުރުގެ ފުރިހަމަ ބައި ފުރިހަމަ ގޮތުގައި ފުރިހަމަ ކުރެއްވުމަށް ކަމަށްވެސް ބައިޑެން ވިދާޅުވި އެވެ.

ބައިޑެން ،81، މި ނިންމުން ނިންމާފައިމިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ރިޔާސީ ޓިކެޓް އެހެން ބޭފުޅަކަށް ދިނުމަށް ޑިމޮކްރެޓިކް ޕާޓީގެ ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ.

ބައިޑެން މިހާރު ގެންދަވަނީ ކޮވިޑަށް ޕޮޒިޓިވްވެ، ފަރުވާ ހޯއްދަވަމުންނެވެ. މިއީ ބައިޑެން ކޮވިޑަށް ޕޮޒިޓިވްވި ތިންވަނަ ފަހަރެވެ.

ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓުގައި ރައީސް ކަމަށް ދެން ނިކުންނާނެ ބޭފުޅަކު އަދި ކަނޑައަޅާފައި ނުވާއިރު، އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ.