Last Updated: October 18, 10:45
Friday, October 18, 2024
ޚަބަރު

"މީޑިއާ މައުރަޒު" އާންމުންނަށް ހުޅުވާލައިފި

ފާއިތުވި އަށް މަސް ދުވަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީންކޮށްފައިވާ މަސައްކަތްތައް ދައްކުވައި ދޭން އިއްޔެ ހުޅުވި "މީޑިއާ މައުޒަރު" މިއަދު އާންމުންނަށް ހުޅުވާލައިފި އެވެ.

އިސްލާމީ މަރުކަޒުގެ ހޯލުގައި ކުރިއަށްދާ މައުޒަރު އާންމުންނަށް ހުޅުވައިލީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 6:00 އާ ހަމައަށެވެ.

އިއްޔެ މެންދުރު ފަހު "މީޑިއާ މައުޒަރު" ހުޅުވައި ދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މައުރަޒުގެ ތެރޭގައިފާއިތުވި އަށް މަސް ދުވަހު ރައިސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައިވާ އިސްލާމީ ދާއިރާއިން ހާސިލުކޮށްފައިވާ ކަންކަން ފެންނަން ހުންނާނެ ކަމަށެވެ.