ފުލުހުންގެ ވަޒީފާތަކަށް މީހުން ހޯދަން އިއުލާންކޮށްފި އެވެ.
އިއުލާންކޮށްފައިވާ މަގާމުތަކުގެ ތެރޭގައި ހިމެނީ ކޮންސްޓަބަލް، ސާޖަންޓް ގްރޭޑް 1،2،3 ގެ އިތުރުން ސީނިއާ ސާޖަންޓް ގްރޭޑް 1 އާއި 2 އެވެ. މި މަގާމުތަކުގެ އަސާސީ މުސާރަ އުޅެނީ 15،500-26،500ރ. އާ ދެމެދު އެވެ.
މަގާމުތަކަށް ހޯދަން އިއުލާންކުރީ އުމުރުން 18-39 އަހަރާ ދެމެދުގެ މީހުންނެވެ.
ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 1 އާ ހަމައަށެވެ. އެޕްލިކޭޝަން ފޯމް ފުލުހުިންގެ ވެބްސައިޓް www.police.gov.mv އިން ލިބޭނެ އެވެ.