Last Updated: April 28, 00:30
Sunday, April 27, 2025
ޚަބަރު

ފަރުވާދެމުންދިޔަ ޕޮލިސް ކޮލެޖުގެ ހުރިހާ ކުދިން ދޫކޮށްލައިފި

އައްޑޫސިޓީގައި ހުންނަ ޕޮލިސް ކޮލެޖުން ކާނާ ވިހަވެގެން، އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ފަރުވާދެމުންދިޔަ ހުރިހާ ކުދިން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު ވިދާޅުވީ އޭއީއެޗްގައި ފަރުވާދެމުންދިޔަ ޕޮލިސް ކޮލެޖްގެ ހުރިހާ ދަރިވަރުންވެސް މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

ކާނާ ވިހަވެ، ހާލު ދެރަވެގެން 32 ދަރިވަަރަކު އެޑްމިޓްކޮށް ފަރުވާ ދީފައިވެއެވެ. ކާނާ ވިހަވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފުލުުހުން އަންނަނީ ހޮސްޕިޓަލާ ގުޅިގެން ކުރަމުން ކަމަށް މީގެކުރިން ފުލުހުން ހާމަކޮށްފައިވެއެވެ.

ޕޮލިސް ކޮލެޖްގައި ކޭޓަރިންގެ އިންތިޒާމު ހަމަޖައްސާފައި އޮންނަނީ އައުޓްސޯސްކޮށްގެން އަމިއްލަ ފަރާތަކާ ހަވާލުކޮށްގެންނެވެ. މިއީ އެތަނުގައި ކާނާ ވިހަވި ބޮޑު މައްސަލައެއް ހިނގި ފުރަތަމަ ފަހަރެވެ.

ނެޝަނަލް ކޮޮލެޖް އޮފް ޕޮލިސިން އެންޑް ލޯއެންފޯސްމަންޓްގެ ނަމުގައި އައްޑޫ ޕޮލިސް ކޮލެޖް ހުޅުވީ މާޗް 27، 2022 ގައެވެ.