Last Updated: October 18, 11:00
Friday, October 18, 2024
މުނިފޫހިފިލުވުން

"ކަމަނާ" އެންމެން ރޮއްވައިލާނެ

މާބަނޑު އަންހެނަކު ގެވެށިއަނިޔާގެ ޝިކާރައަކަށްވެ، އޭނަގެ ހިތްދަތި ހަޔާތް ދައްކުވައި ދޭނެ ފިލްމު "ކަމަނާ" ގެ ޓްރެއިލާ މިއަދު ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

މިއީ މަހުދީ އަހުމަދު ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. "ކަމަނާ" ގެ ޓައިޓްލް ރޯލު ކުޅެފައި ވަނީ މަރިޔަމް އައްޒަ އެވެ. ފިލްމުގެ ޓްރެއިލާ އިން ވެސް މި ވަނީ މިއީ ބެލުންތެރިން ރޮއްވައިލާނެ ވަރަށް އަސަރަު ފަދަ ފިލްމަކަށް ވާނެކަން ދައްކުވައި ދީފަަ އެވެ.

"ކަމަނާ" ގެ މައިގަނޑު ކާސްޓްގައި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އައިމިނަތު ރަޝްފާ (އާޝާ) ވެސް ހިމެނެ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ހައްމަދު ރަޝީދު (ދަރާ)، ނަތާޝާ ޖަލީލު އަދި މުހައްމަދު މަނިކު ހިމެނެ އެވެ.

އަންނަ މަހުގެ 27 ގައި އޮލިމްޕަހުގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވާ "ކަމަނާ" އަކީ ޕްރޮޑިއުސަރު އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި ހުސައިންގެ ކިޑް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.